ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް "ސަން" އަށް ވިދާޅުވީ ވިލިމާލޭގައި ޒަމާނީ ފެންވަރަށް ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމަކީ މިހާރުގެ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

"އޭގައި އަޅުގަނޑުމެން ނިންމާފައި އޮންނާނެ ވިލިމާލޭގައި ޒަމާނީ ކުޑަކުދިންގެ ޕާކެއް ތަރައްގީކުރަން. އެކަމުގެ މަސައްކަތް މިހާރު އެދަނީ." ނަރީޝް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް އަމިއްލަ ތަކެތީގައި އެކަން ކޮށްދޭނެ ފަރާތްތަކުގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން އަށް އެކަން އަންގައިދިނުމަށް އެދިފައެވެ.

އެގޮތުން މިކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 22 ވަނަ ދުވަހު ގެ ހެނދުނު 10:00 އަށް ސިޓީ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިޔުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. ހަމައެއާއެކު މި މަސައްކަތަށް ޝަައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ސިޓީ ކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަން އަށް ދިޔުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައިވެއެވެ.

comment ކޮމެންޓް