ޖޫން މަހު ކަސްޓަމްސްއިން ލިބުނު އާމްދަނީއަށް 59 ޕަސަންޓުގެ ކުރިއެރުމެއް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ/ ކަސްޓަމްސް

ފާއިތުވި ޖޫން މަހު ކަސްޓަމްސްއިން ދައުލަތަށް ލިބުނު އާމްދަނީ, މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 59 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފިއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޖޫން މަހު 156 މިލިއަށް ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖޫން މަހު މި އަދަދު ވަނީ 247 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމު ތަކަކީ އޮމާން، ޗައިނާ އަދި ސިންގަޕޫރެވެ.

އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު ޗައިނާއިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރ އިން 354 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ރާއްޖެއަށް އެތެރެ ކޮށްފައިއެވެ.

މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގުވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ވަނީ 44 ޕަސަންޓު ކުރިއަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ޖޫން މަހު މި އަދަދު ވަނީ ތިން މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

comment ކޮމެންޓް