ޗައިނާ، ނަޝީދަށް: ދަތުރުފަތުރަށް ހުރަހެއް ނެތް، އަތްގަދަކުރުމަށް ފާޅުގައި ދެކޮޅު ހަދާނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި އެންމެ ފަހުން ހުންނެވި ޗައިނާ ސަފީރު ޖަންގް ލިޖޮންގްއާއެކު -- ފޮޓޯ/ ރައްޔިތުންގެ މަޖިިލިސް

ޗައިނާގެ މައްޗަށް ބާރު ފޯރުވަން އުޅޭނަމަ އެކަމަށް ފާޅުގައި ދެކޮޅު ހަދާނެކަމަށް ދިވެހި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން ބުނެފިއެވެ.

ޗައިނާ އެމްބަސީން މިހެން ބުނެފައިވަނީ ސްޕްރެޓްލީ އައިލެންޑްސްއާ ދިމާއިން ދެކުނު ޗައިނާ ކަނޑަށް އިނގިރޭސި މަނަވަރުތަކެއް ވަނުމާ ގުޅިގެން ރައީސް ނަޝީދު އެކަމަށް ހިތްވަރު ދެއްވާ ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އިނގެރޭސި މަނަވަރުތައް ދެކުނު ޗައިނާގެ ކަނޑުން ފެނުމުން އުފާފުޅުވާކަމަށެވެ. އަދި ދަތުރަފަތުރުކުރުމުގެ ހައްގު މިނިވަންކަމާއެކު ޔަގީން ވަމުން އަންނަ ކަމަށެެވެ.

މިއަށް ރައްދު ދެމުން ޗައިނާ އެމްބަސީން އިން ބުނީ ދަތުރު ފަތުރުކުރުމަށް ޗައިނާއިން އަޅާނެ ހުރަހެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެގައުމުގެ މިނިވަންކަމާއި ސަރަހައްދުގެ މަސްލަހަތު ގެއްލުވާލާ އެ ގައުމުގެ މައްޗަށް އަތްގަދަ ކުރުމުގެ ގޮތުން ކުރާ ކަންކަމަށް ދެކޮޅު ހަދާނެކަމަށެވެ.

ރައީސް ނަޝީދު އަންނަނީ ޗައިނާ އާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ. އަދި އެކަމާ ގުޅިގެން މީގެ ކުރިންވެސް ބޮޑެތި މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

ދާދި ފަހުން ޗައިނާއާ ދެކޮޅަށް ޒުވާނުންތަކެއް ނިކުމެ މާލޭގައި ވަނީ އަޑުވެސް އުފުލާފައެވެ.

އަދި މިއީ ދެ ގަައުމުގެ ގުޅުން ހީނަރުވެގެންދާނެކަމެއްގެ ގޮތުގައި ހާރިޖީ ސިޔާސަތުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

https://sun.mv/76774

comment ކޮމެންޓް