އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ލިބިއްޖެ

އެސްޓްރާޒެނެކާގެ ވެކްސިން --

ރާއްޖެ ގެނައުމަށް ނިންމާފައިވީ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ނުގެނެވި ހުރި އެސްޓްރާޒެނެކާ ވެކްސިން ރާއްޖެ ގެނެސްފިއެވެ.

ސަރުކާރުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު އެ ވެކްސިން ރާއްޖެ ގެނެވިފައިވާކަމަށެވެ. އަދި ބައި މިލިއަން ޑޯޒް ގެންނަން ހަމަޖެހިފައިވާކަމަށާއި އޭގެ ބޮޑުބައެއް މިހާރު އެބަހުރިކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ގެނެވުނު ޑޯޒްގެ އަދަދު ހާމައެއް ނުކުރައްވައެވެ.

މިދިޔަ ޖޫން މަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ 500،000 ޑޯޒް ރާއްޖެއަށް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ޑޯޒްގެ ތެރެއިން މިހާރު ލިބިފައިވާ އަދަދުގެ އިތުރުން ބާކީ ޑޯޒްތައް ލިބޭނެ ވަކި ތާރީހެއް އަދި އެނގިފައެއްނުވެއެވެ.

ސަރުކާރުން ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އެސްޓްރާޒެނެކާއާއެކުއެވެ.

https://sun.mv/154698

މިނިވަން ދުވަހާ ގުޅިގެން އިއްޔެ ގައުމާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެ ޑޯޒް ޖެހޭވަރަަށް ވެކްސިން ލިބިފައިވާކަމަށެވެ. އަދި އަންނަ މަހުން ފެށިގެން ވެކްސިން ފުރިހަމަކުރުމުގެ ގައުމީ ބޮޑު ކެމްޕެއިނެއް ފެށުމަށް ނިންމަވާފައިވާކަމަށެވެ.

comment ކޮމެންޓް