ކޮވިޑް ޖެހިގެން ދުވާފަރުން މީހަކު މަރުވެއްޖެ، ރާއްޖޭގެ ޖުމްލަ 220އަށް

ރ. ދުވާފަރު ---

ރ. ދުވާފަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް "ސަން" އަށް ވިދާޅުވީ ކޮވިޑަށް ފަރުވާދެމުން ދަނިކޮށް މަރުވީ 66 އަހަރުގެ މީހެއް ކަމަށެވެ. އޭނާ މަރުވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މިއީ ދުވާފަރުން މި ބަލީގައި މަރުވި ތިން ވަނަ މީހާއެވެ. ކުރިން މަރުވެފައި ވަނީ ކޮވިޑުގައި ހާލު ދެރަވެގެން އެރަށުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ މީހަކާއި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީއަށް އެރަށުން ގެންދިޔަ މީހެކެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 220އަށް އަރާފައެވެ.

ދުވާފަރުގައި ކޮވިޑް ޖެހިފައިވާ 145 މީހަކު އެބަތިއްބެވެ. ގިނަ ބަޔަކަށް އެރަށުން ކޮވިޑު ޖެހުނުކަމަށް ވިޔަސް އޭގެެރެއިން 340 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ޓެސްޓް ކުރަން މާލެ ފޮނުވި ސާމްޕަލްތަކުގެ ތެރެއިން 90 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

comment ކޮމެންޓް