އުރީދޫ އަތޮޅު ދުވުމަށް ރެޖިސްޓާ ކޮށްފިންތަ؟ ބާކީ ދެ ގަޑިއިރު!

އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ރަންގައި ބައިވެރިވާން ރެޖިސްޓާވުމުގެ ފުރުސަތު މިއަދު ހަމަވާނެ ކަމަށް އުރީދޫއިން ބުނެފި އެވެ.

މިއަހަރުގެ އުރީދޫ އަތޮޅު ރަންގައި ރެޖިސްޓާވުމުގެ ސުންގަޑި ހަމަވާނީ މިއަދު ހަވީރު 6:00ގަ އެވެ. މި ލިންކު މެދުވެރިކޮށް އަތޮޅު ރަންގައި ރެޖިސްޓާ ކުރެވޭނެ އެވެ.

މިއަހަރުގެ އަތޮޅު ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، މުޅިން އަލަށް 10 ކިލޯމީޓަރުގެ ކެޓަގަރީއެއްވެސް ވަނީ ތައާރަފުކޮށްފަ އެވެ.

މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެއްކަމަށް އުރީދޫއިންވަނީ ބުނެފައެވެ. އެގޮތުން ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

މީގެ ކުރިން އެއްރަށެއްގައި މިފަދަ ހަރަކާތްތައް ބޭއްވި ނަމަވެސް، ވާޗުއަލް ރަންއެއް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށެއް އަދި ރާއްޖެއިން ބޭރުގައި ހުރެގެންވެސް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު، ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލުމެވެ.

އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހަށްވެރެ ގިނަ ބައިވެރިންވަނީ މިދިޔަ އަހަރުގެ ދުވުމުގައި ބައިވެރިވެފަ އެވެ.

މިއަހަރުގެ ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޮގަސްޓް އެއްވަނަ ދުވަހާއި ހަތްވަނަ ދުވަހާ ދެމެދުގައި ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަ ކުރެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް