ހިޔާ ފްލެޓްތަކަށް ހާއްސަ ދޮރާއި ދޮރުފޮތި ރެއިންބޯ އެލްމިނިއަމް އިން

ރެއިންބޯ އެލްމިނިއަމްއިން ހިޔާ ފްލެޓަށް ހާއްސަ ދޮރާއި ދޮރުފޮތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

އެގޮތުން ރެއިންބޯ އެލްމިނިއަމްއިން މިފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ ވިންޑޯ ބްލައިންސްގެ ދެ ވައްތަރަކާއި ފާޚާނާ ތެރޭގެ ފެންވަރާ ބަޔާއި ފާޚާނާ ތަށި ވަކިވާނެހެން ޖަހާ ޓެމްޕާޑް ގްލާސް ޕާޓިޝަނެވެ.

ރެއިންބޯ އެލްމިނިއަމްއިން ވިއްކާ ބްލައިންޑްގެ ތެރޭގައި ހިމެނެނީ ޒިބްރާ ބްލައިންޑްސް އާއި ރޯލާ ބްލައިންޑްސްއެވެ.

އެގޮތުން މިއިން ކޮންމެ ވައްތަރެއްވެސް އެޕާޓްމަންޓަށް ހާއްސަކޮށް ލިބެން ހުންނާނެކަމަށް ރެއިންބޯ އެލްމިނިއަމްއިން ބުނެއެވެ.

ޓައިޕް އެކެއް އަދި ތިނެއްގެ އެޕާޓްމެންޓަށް ޒިބްރާ ބްލައިންޑްސް ރެއިންބޯ އެލްމިނިއަމްއިން ވިއްކަނީ 4,120 ރުފިޔާއަށެވެ. ރޯލާ ބްލައިންޑްސް ވިއްކަނީ 2,180 ރުފިޔާއަށެވެ.

ހަމައެއާއެކު ޓައިޕް ދޭއްގެ އެޕާޓްމަންޓުތަކަށް ހާއްސަކޮށްވެސް މި ދެ ވައްތަރުގެ ވިންޑޯ ބްލައިންޑްސް ވިއްކާނެކަމަށް ރެއިންބޯއިން ވަނީ ބުނެފައެވެ.

އެގޮތުން ޓައިޕް ދޭއްގެ އެޕާޓްމަންޓަކަށް ޒެބްރާ ބްލައިންޑްސް ވިއްކަނީ 4,280 ރުފިޔާއަށެވެ. އަދި ރޯލާ ބްލައިންޑްސް ވިއްކަނީ 2,270 ރުފިޔާއަށެވެ.

"އަގުތައް ކަނޑައަޅާފައި ވަނީ ހަރުކޮށްދިނުމާއި ޖީއެސްޓީ ހިމެނޭގޮތަށް. އިތުރު އަގެއް ނުނަގާނެ،" ރެއިންބޯ އެލްމިނިއަމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން ރެއިންބޯ އެލްމިނިއަމްއިން ހިޔާ ފްލެޓްގެ ފާހަނާއަށް ބޭނުންވާ އެލުމިނިއަމް ދޮރުވެސް ވިއްކާނެކަމަށް އެ ފިހާރައިން ބުނެއެވެ.

"އެއީ އެލްމިނިމް އިން ހަދާފައި ބިއްލޫރި ލައްވާފައި ހުންނަ ދޮރެއް. ބިއްލޫރި ބައިގައި އިންނާނީ އެތެރެ ނުފެންނާނެހެން ފްރޮސްޓެޑް ސްޓިކާއެއް،" އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން ދެ ފާހާނާއަށް ބޭނުންވާ އެލުމިނިއަމް ދެ ދޮރު 5,900 ރުފިޔާއަށް ލިބޭނެއެވެ. އަދި ދެ ފާޚާނާއަށް ބޭނުންވާ ފެންވަރާ ބަޔާއި ފާޚާނާ ތަށި ވަކިކުރުމަށް ޖަހާ ޓެމްޕާޑް ގްލާސް ޕާޓިޝަން ވެސް މި ޕެކޭޖްތެރެއަށް އިތުރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ޒިބްރާ ބްލައިންޑްސް އާއި ރޯލާ ބްލައިންޑްސްގެ ސާމްޕަލް ޗާންދަނީ މަގުގައި ހުންނަ ރެއިންބޯ ލިވިން މޯލް ފިހާރައިން ފެންނަން ހުންނާނެއެވެ. މީގެއިތުރުން ހިޔާ ފްލެޓަށް ޚާއްސަ ފަރުނީޗަރާއި ބަދިގެ ސެޓްތައް ވެސް އެތަނުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް