ދިއްދޫ ތިންވަނަ ފަހަރަށް މޮނިޓަރިންއަށް ލައިފި

ހއ. ދިއްދޫ --- ފޮޓޯ/ ފޭސްބުކް

ހއ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް ތިންވަނަ ފަހަރު މޮނިޓަރިން އަށް ލައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާ ނަރުހެއް ކަމަށެވެ.

ދިއްދޫ މޮނިޓަރިން އެންމެ ފަހުން އުފާލާފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

މިހާތަށް ކޮވިޑް ބަލީގައި އެރަށުން ވަނީ ދެ މީހަކު މަރުވެފައެވެ. އެއީ ބަންގްލަދޭޝްގެ މީހަކާއި ދިވެއްސެކެވެ.

މިވަގުތު މޮނިޓަރިންގައިވާ ރަށްރަށް:

  • ފ. ފީއަލި
  • ޏ. ފުވައްމުލައް
  • ގއ. ވިލިނގިލި
  • އއ. ތޮއްޑޫ
  • ރ. ދުވާފަރު
  • ގއ. ކޫއްޑޫ
  • ރ. މީދޫ
  • ކ. ގުރައިދޫ
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • އއ. ރަސްދޫ
  • ހދ. ކުޅުދުއްފުށި
comment ކޮމެންޓް