ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކަށް ފަހު: ޣައްސާން

ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރާ އެންމެހާ ފަރާތްތަކުގެ ލޯތްބާއި ތާއީދާއިއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2023ގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ދެވިގެން ނުވާނެ ކަމަށް ޣައްސާންގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މިއަދު ވިދާޅުވުމާ ގުޅިގެން އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"ޕީޕީއެމްގެ ގަދަ މަސައްކަތުން ރައްޔިތުންގެ ލޯތްބާއިއެކު ކީރިތި ﷲގެ އިރާދަފުޅުން 2023 ގަ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން،" ޣައްސާން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ މީހަކު ކުށެއް ކޮށްފިނަ އެ ކުށުގެ އަދަބު ލިބުމަކީ ގާނޫނީގޮތުން އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

މައުމޫން ވިދާޅުވީ ރައީސް ޔާމީން އެގެންދަވަނީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަމްފީޒު ކުރައްވަމުން ކަމަށާއި އެހެން ހުންނަވަނިކޮށް ނިކުމެ ވަޑައިގެން އެކަހަލަ ކަމެއް ކުރެވިގެން ނުވާނޭ ކަމަށެވެ.

comment ކޮމެންޓް