ކަޕިލް ޝަރްމާ ޝޯ ގެ ޓީޒާ ދައްކާލައިފި

ކަޕިލް ޝަރްމާ ޝޯ އެނބުރި އަންނަނީ---

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ޓީޒާ ދައްކާލައިފިއެވެ.

މި ޝޯ މީގެ ހަ މަސް ކުރިން ވަގުތީ ގޮތުން މެދުކަނޑާލީ ޝޯއަށް އިތުރު ފުރިހަމަކަމެއް ގެންނަން އާ ކޮންޓެކްޓްތައް އުފެއްދުމަށެވެ. އެދުވަސްވަރު ޝޯ ބަލާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާއިރު ޝޯގެ ޕްރޮޑަކްޝަން ޓީމުން ނިންމީ ޝޯ އިތުރަށް ފުރިހަމަކުރުމަށްފަހު އާ ސީޒަނެއް ގެނެސްދިނުމަށެވެ.

ދަ ކަޕިލް ޝަރްމާގެ އާ ސީޒަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ސީޒަންގެ ހުރިހާ ޓީމް މެންބަރުންނެއް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ކުރީ ސީޒަންގައި މި ޝޯގެ މައި ތަނބު އޯޑިއަންސް އަށް ނުވަދެވޭ ގޮތް ހެދިއިރު މި ފަހަރުގެ ސީޒަނުގައި އޯޑިއަންސެއް އޮންނާނެއެވެ. ނަމަވެސް އެއީ ވެކްސިން ފުރިހަމަ ކުރި މީހުންނަށް އެކަންޏެވެ.

މި ޝޯ ގެނެސްދޭ ތާރީޚެއް ރަސްމީކޮށް އިއުލާންކޮށްފައިނުވި ނަމަވެސް ޚަބަރުތައް ބުނާގޮތުގައި ޝޯ އާންމުންނާ ހަމައަށް އަންނާނީ އަންނަ މަހުގެ 21 ގައި ކަމަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު