މިނިސްޓަރު ޝާހިދުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދުގެ ސެކިއުރިޓި ކަންކަން ވަރުގަދަކޮށްފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ މިނިސްޓަރުގެ ސެކިއުރިޓި ކަންކަން ވަރުގަދަކޮށްފައިވާކަން "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

މިނިސްޓަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ ސީދާ ކޮން ސަބަބަކާ ހުރެތޯއެއް އަދި ސާފުވާ ގޮތެއް ވަނީ ނުވެފައެވެ.

އެހެން ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިނިސްޓަރުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވަނީ އދ.ގެ އާންމު މަޖިލީހަށް މިނިސްޓަރު އިންތިހާބުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ފޮރިން މިނިސްޓްރީއިން ރަސްމީކޮށް މިކަމަށް ވަކި އެއްޗެއް އަދި ބުނެފައިނުވާއިރު މިނިސްޓަރުންގެ ސެކިއުރިޓި ކަންކަން ބަލަަހައްޓަނީ އެމްއެންޑީއެފްއިންނެވެ.

އެމްއެންޑީއެފްގެ ފަރާތުން ވެސް އަދި ރަސްމީކޮށް މިކަމަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ޖޫން މަހުގެ ހަތްވަނަ ދުވަހު އެވެ. މަގާމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

comment ކޮމެންޓް