އިތުރު 123 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޖުލައި 20، 2021: މާލޭގެ މަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 123 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 29 މީހުންނާއި އަތޮޅުތަކުން 45 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 16 މީހުންކަމަށެވެ. މީގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށްރަށުން ދެ މީހުންނާއި ސިނާއީ ރަށްރަށުން 27 މީހުންނާއި ސަފާރީތަކުން ހަތަރު މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،750 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2646 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 13 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،873 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 219 މީހުންނެވެ.

މާލެއިން ފެންނަ ކޭސްތަކުގެ އަދަދު އިއްޔެއަށްވުރެ މަތިވެފައި ޖުމްލަގޮތެއްގައި ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދުވެސް މިވަނީ އިއްޔެއަށްވުރެ އިތުރުވެފައެވެ.

comment ކޮމެންޓް