ތިން މަސް ފަހުން ތިނަދޫ އާންމު ހާލަތަށް

ގދ. ތިނަދޫ --- ފޮޓޯ/ ސްޓޫޑިއޯ 33

ގދ. ތިނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

މާޗް 24 ވަނަ ދުވަހު މޮނިޓަރިންއަށް ގެނައި ތިނަދޫ މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

ތިނަދޫގެ މޮނިޓަރިން އުވާލުމާއެކު، މިވަގުތު މޮނިޓަރިންގައި އޮތީ 14 ރަށެެވެ.

ތިނަދޫ މޮނިޓަރިންގެ ހާލަތުން ނެގުމުގެ ކުރިން ގިނައަދަދެއްގެ ރެންޑަމް ސާމްޕަލް ނެގިއެވެ. އެ ހުރިހާ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

މީގެ ކުރިންވެސް ތިނަދޫ މޮނިޓަރިންއަށް ލާފައި ވެއެވެ. ފެބްރުއަރީ ހަތް ވަނަ ދުވަހު އެރަށް މޮނިޓަރިންއަށް ލުމަށްފަހު އެ މަހުގެ 17 ވަނަ ދުވަހު ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.

comment ކޮމެންޓް