ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ޓޯކިޔޯ އޮލިމްޕިކްސް 2020 ބަލާލެވޭނެ

ޓޯކިޔޯ އޮލިމްޕިކްސް 2020 މުބާރާތް ކޮވިޑް19 އާ ގުޅިގެން އެއް އަހަރު ދުވަހަށް ފަސް ކުރުމަށް ފަހު މިހާރު ވަނީ ފަށާފަ އެވެ. ރާއްޖޭގެ ހުނަރުވެރި އެތުލީޓުން ބައިވެރިވާ މި މުބާރާތް އެންމެ ފުރިހަމަ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ.

އެގޮތުން ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗް.ޑީ އަދި ޔެސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބަލައިލެވޭނެ އެވެ.

މިއަހަރުގެ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ހަތަރު އެތުލީޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުވެސް ހިމެނެ އެވެ.

މުނިފޫހިފުލުވުމުގެ ގިނަ ޗެނަލްތައް ހިމެނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސްއިން އެއްފަހަރާ، އެއް ޔޫސާނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލައިލެވޭނެ އެވެ.

ދިރާގު ޓީވީ ކަސްޓަމަރުންގެ ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖުތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްސް ބަލައިލެވޭނެ އެވެ.

މީގެ އިތުރުން ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޖީއެސްޓީ ނުލައި މަހަކު 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލައިލެވޭނެ އެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ނަމަ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ދިރާގު ޕްލޭ ބަލައިލެވޭނެ އެވެ.

comment ކޮމެންޓް