ލޮނުޒިޔާރާތްކޮޅުގައި މާރާމާރީއެއް ހިންގައިފި

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތަކާއި މީހުން ބަލާ ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: -- ސަން ފޮޓޯ

މާލޭ ލޮނުޒިޔާރާތްކޮޅުގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ.

އެ މާރާމާރީގެ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ފިރިހެނުންތަކެއް ލޮނުޒިޔާރާތް ކަންމަތީގައި ހަމަނުޖެހުން ހިނގައި ތަޅާފޮޅާ މަންޒަރެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުންވެސް އެއްވައި ތިއްބެވެ.

ނަމަވެސް ހަމަނުޖެހުން ހިންގީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ ލޮނުޒިޔާރާތްކޮޅުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް