އެންޑީއޭ ކުރިމަތީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފި

އެންޑީއޭ ކުރިމަތީ، މިއަދު ހިންގި މާރާމާރީގައި އަނިޔާ ލިބުނު މީހާ-- ފޮޓޯ/ އެމްވީ ކްރައިސިސް

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ކުރިމަތީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަލިކިލެގެފާނު މަގުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:23 ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަނިޔާ ލިބުނު މީހާއަށް މިވަގުތު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށެވެ.

އަނިޔާ ލިބުނު މީހާގެ އުމުރު އަދި ސާފެއް ނުވެއެވެ.

މި މާރާމާރީއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަ ގޮތުގައި ޒަހަމްވި މީހާ އޮތީ ބޮލުގައި ދެއަތް އަޅައިގެން ބިންމަތީ އޮށޯވެއެވެ. އޭނާ އޮތްތަނުގެ ބިންމަތީގައި ލޭ ހުރިކަން ފާހަގަ ކުރެވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް