ރައީސް ސޯލިހު ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި

ރައީސް ސޯލިހު ސާކްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ރައީސް އޮފީސް

ސްރީލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސައާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުން ކުރިޔަށް ދިޔައީ މިއަދު ހެނދުނު ލަންކާގެ ރައީސް ގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ރައީސުން ވަނީ ގިނަ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ.

އެގޮތުން ކޮވިޑް-19 ގެ ދަތި ހާލަތުގައި ދިމާވާ ގޮންޖެހުންތަކާއި ބަލިން އަރައިގަތުމަށް ސިއްހީ ހިދުމަތް ފޯރުކޮށްދެެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބަލި ކޮންޓްރޯލްކުރާނެ ގޮތްތަކާމެދުވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ވެކްސިން ޖެހުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުންވެސް ވަނީ ވާހަކަދައްކަވާފައެވެ. ހަމައެއާއެކު މި ބައްދަލުވުމުގައި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ލަަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު އަބްދުއްރައްޒާގާއި، ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހިމް ނޫރައްދީން ވެސް ވަނީ ބައިވެރިވެޑައިގެންފައެވެ.

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ. ދަތުރުފުޅު ނިންމެވުމަށްފަހު ރައީސް ސޯލިހު މާދަމާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް