ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ދ. ރިއު ރިސޯޓް --

ދ. އަތޮޅުގައި ހިންގާ ރިއު ކިޔާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިޔަކު މޫދަށް އެރި އުޅެނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިޔަކު މަރުވެފައިވާ ހަބަރު ލިބުނީ މިއަދު 12:33 ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ޔޫކުރެއިން ފިރިހެނެއް ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް