ކުޑަކުދިންނަށް ކޮވިޑް19 ވެކްސިން ދޭ ފުރަތަމަ ގައުމަކަށް ޗައިނާ

މޮޑާނާ އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން.

ކޮވިޑް19 ބަލިން ދިފާއުވުމަށް ޖަހާ ވެކްސިން ކުޑަކުދިންގެ ގަޔަށްވެސް ޖެހުމަށް ޗައިނާއިން ނިންމައިފިއެވެ.

އެގައުމުން ވެކްސިން ދިނުމަށް ނިންމާފައިވަނީ އުމުރުން ތިން އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ޗައިނާއިގެ ކަމާބެހޭ އޮބްޒާވަރުން ބުނީ މިއީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ވެކްސިން ލިބެން ހުރި މިންވަރުން ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަސް ގެންދާނެކަމަށެވެ.

ޗައިނާއިން ބުނީ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނީ އެ ގައުމުގެ އުމުރުން ދޮށީ މީހުންނާއި ޒުވާނުންގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެވުމުން ކަމަށެވެ.

"މި އަހަރު ނިމެންވާއިރަށް ޗައިނާގެ އާބާދީގެ 70 ޕަސެންޓު މީހުންނަށް ވެކްސިން ޖަހައިދެވޭނެ," އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިޔުޓީ ޑިރެކްޓަރު ޒެންގް ޔިޝިން ވިދާޅުވިއެވެ.

މިވަގުތު އަދި ކުޑަކުދިންގެ ގަޔަށް ޖަހާނެ ވަކި ވެކްސިނެއްގެ މައުލޫމާތު އެ ގައުމަކުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް