ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، ޖުމްލަ އަދަދު 218 އަށް

ޖޫން 7، 2021: ކޮވިޑް19 ގައި މަރުވި މީހެއްގެ ޖަނާޒާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. ނިޔާވި މީހާއަކީ 83 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމީހާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 218 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ. އެއަށްފަހު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 76،188 ކޭސް ފެނިފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖެގައި ހުރީ 2،619 ކޭސްއެވެ. ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ އަށް މީހުންނެވެ.

comment ކޮމެންޓް