މަހްރަމަކާ ނުލާ ފުރަތަމަ ފަހަރަށް އަންހެނުން ހައްޖުގެ އަޅުކަން އަދާކޮށްފި

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމާ އެކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ މީހުންނާ އެކު.

މަހްރަމަކާ ނުލާ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ދިނުމާއެކު މިކަން ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަމަށް އައިކަމަކަށެވެ. އެގޮތުން މިފަހަރުގެ ހައްޖުގައި މި ފުރުސަތު ދިނުމާއެކު ފުރަތަމަ ފަހަރަށް އަންހެނުން މިވަނީ މަހްރަމަކާ ނުލާ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.

އުމުރުން 35 އަހަރުގެ ބުޝްރާ ޝާހަކީ މީގެ ތެރެއިން އެކަކެވެ. އޭނާ ބުނީ މައްކާ އަށް ގޮސް ހައްޖުގެ އަޅުކަން އަދާކުރުމަކީ އޭނާގެ އެންމެ ކުޑައިރުގެ ވެސް ހުވަފެން ކަމަށެވެ.

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމާ އެކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 60،000 މީހުންނާ އެކު.

އަދި އަންހެނުންނަށް އެކަނި ހައްޖުގެ އަޅުކަން އަދާކުރުމުގެ މަގު ފަހިވުމާއެކު އޭނާއަށް ހައްޖު އަދާކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދިޔަކަމަށެވެ.

"އަހަރެންގެ ދަރިންނާއި ފިރިމީހާއާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަނަމަ ހިއެއް ނުވޭ އަޅުކަން އަދާކުރުމުގައި އެންމެ ފުރިހަމައަށް ސަމާލުކަން ދެވޭނެ ހެންނެއް." އޭނާ ބުންޏެވެ.

ކުރީގެ ގަވައިދު އޮންނަ ގޮތުން އުމުރުން 45 އަހަރުން ދަށްނަމަ އެކަނި ދިޔުމުގެ ހުއްދަ އެއް ނުލިބެއެވެ. އެހެންނަމަވެސް ފަހުގެ ގަވައިދާއެކު އެކަނި ދިޔުމުގެ މަގު ފަހިވުމާއެކު ބުޝްރާ ވެސް އެޕްލިކޭޝަނެއް ލީ ކަމަށް އޭނާ ކިޔައިދިނެވެ.

އަދި ދެތިން ދުވަސް ފަހުން މިފަހަރު ހައްޖުވުމުގެ ފުރުސަތު ދޭ 60،000 މީހުންގެ ތެރޭ ހިމެނިފައިވާކަމުގެ ޚަބަރު އޭނާއަށް ލިބުނުކަމަށް އޭނާ ބުންޏެވެ.

އަދި ބުޝްރާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ދިނުމުގެ ގޮތުން އޭނާގެ ފިރިމީހާ ދަރިން ގާތުގައި ވަނީ މަޑުކޮށްފައެވެ.

"އެކަނި ދިޔުމަށް ނިންމި ނިންމުމަކީ އެހާ ފަސޭހަ ނިންމުމެއް ނޫން. އެކަމު އަހަރެން ދެކެނީ މި ފުރުސަތަކީ ލިބުނު ހެޔޮކަމެއްގެ ގޮތުގައި." ބުޝްރާ ކިޔައިދިނެވެ.

ކޮވިޑް19ގެ ފިޔަވަޅުތަކާއެކު މިފަހަރުގެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ކޮވިޑް19 ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ 60،000 މީހުންނަށެވެ.

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމާ އެކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 60،000 މީހުންނާ އެކު.

މިއީ ކޮވިޑް ގެ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން ކުރިޔަށް ދިޔަ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ހައްޖުގައި ބައިވެރިވުމަށް ފުރުސަތު ލިބުނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން 10،000 މީހުންނަށެވެ.

comment ކޮމެންޓް