އިންޑިއާއިން ދެ ދަރިވަރަކަށް ސްކޮލަޝިޕް ދީފި

ނޮވެމްބަރ 9، 2020: ރާއްޖެ އާއި އިންޑިއާއާ ދެމެދު މީގެކުރިން އެއްބަސްވުމެއްގައި ސޮއިކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާއިން ރާއްޖޭގެ ދެ ދަރިވަރަަކަށް ހުރިހާ ހަރަދަކާއެކު މަތީތައުލީމަށް ކިޔެވުމުގެ ސްކޮލަޝިޕް ދީފިއެވެ.

މި ދެ ދަރިވަރުންނަކީ 2021-2020 ސްކޮލަޝިޕަށް އެދި ފޯމްލީ 10 ދަރިވަރުންގެ ތެރެއިން ސްކޮލަޝިޕަށް ހޮވުނު ދެ ދަރިވަރުންނެވެ.

މި ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ކޮންމެ އަހަރަކުވެސް އޮންނަނީ ހުޅުވާލާފައެވެ. އެގޮތުން އަންޑާ ގުރެޖުއޭޓް އަދި ޕޯސްޓް ގުރެޖުއޭޓް ދަރިވަރުންނަށް މި ސޮކޮލަޝިޕަށް ކުރިމަތިލެވެއެވެ. މީގެ އިތުރުން މާސްޓާސް އޮފް ފިލޯސޮފީ ގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމަށްވެސް މި ސްކޮލަޝިޕް ދޫކުރެއެވެ.

އިންޑިއާ އިން ރާއްޖެއަށް ދޭ މި ސްކޮލަޝިޕްތަކަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އާއި ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ގުޅިގެން ކޮންމެ އަހަރަކުވެސް ހުޅުވާލައިގެން ދޭ ސްކޮލަޝިޕް ސްކީމެކެވެ. މި ސްކީމްގެ ދަށުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ 39 ދަރިވަރަކަށް ސްކޮލަޝިޕް ލިބިގެންދާނެއެވެ.

މި ސްކީމްގެތެރެއިން ލިބޭ ސްކޮލަޝިޕްގައި ކިޔެވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ ހަމައެކަނި އިންޑިއާގެ ޔުނިވާސިޓީތަކުންނެވެ.

comment ކޮމެންޓް