މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާނީ 39 މިސްކިތެއްގައި

1439 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު، މާލޭގައި ބޮޑު ޖަމާއަތުގައި ކުރުން: ކޮވިޑާ ގުޅިގެން މިފަހަރު ބޮޑު ޖަމާއަތް ނޯންނަނެ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި މާދަމާ އަޟްހާ އީދު ނަމާދު ކުރާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރުވެސް މާލެ ސަރަހައްދާއި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މާދަމާ މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާ މިސްކިތްތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ.

ޖުމްލަ 39 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖައްސާފައި ވާއިރު އޭގެ ތެރެއިން އަންހެން ބޭފުޅުންނަށް އީދު ނަމާދު ކުރެވޭ ގޮތައް ހަމަޖައްސާފައިވަނީ 26 މިސްކިތެއްގައެވެ.

އީދު ނަމާދުވެސް ކުރާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން މިހާރުވެސް ޖަމާއަތުގައި ނަމާދުކުރާ ގޮތައް ގައިދުރުކަން ބަހައްޓައިގެންނެވެ.

މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް ކޮވިޑް 19 ނެތް ރަށްރަށުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނެ ކަަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް