ދެ ރަށެއްގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ހދ. ނޮޅިވަރަންފަރާއި ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއު އަކީ ޖުމްލަ 53,544,424.97 ރުފިޔާގެ މަޝްރޫއެއް ކަަމަށާއި، އެ މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަަމަށެވެ.

އޭގެ އިތުރުން ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއަކީ ޖުމްލަ 79,393,199.70 ރުފިޔާގެ މަޝްރޫއެއް ކަަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ހަނިމާދޫ އަދި ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓުތަކަކީވެސް މީގެ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. ނަމަވެސް އެ ހައުސިން ޔުނިޓުތައް ނިންމުމަށް މިހާރު ހަވާލުކޮށްފައި މިވަނީ އެ މަސައްކަތް ހުއްޓިފައި ގިނަ ދުވަހު އޮތުމަށް ފަހުއެވެ.

comment ކޮމެންޓް