ކަސްޓަމްސްގެ ހީވާގި މުވައްޒަފުންނަށް ރައީސްގެ ޝުކުރު

ރައީސް ސޯލިހް: ކަސްޓަމްސްގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 131 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ އެންމެހާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިސްކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ މި ފުރުސަތުގައި ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންގެންދާ ހީވަގި މަސައްކަތް ފާހަގަކޮށް ހުރިހާ މުވައްޒަފުންނަށް ޝުކުރާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އަހަރީ ދުވަސް ފެށިގެންދިޔައީ ހެނދުނު 6:00 ގައި ކަސްޓަމްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކުންނެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދިދަ ނަންގަވާ ދެއްވީ ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

ކަސްޓަމްސްގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒެވެ.

މި ރަސްމިއްޔާތުގައި ކަމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ ރައީސުލްޖުމްހޫރިއްޔާ އަށާއި ކަސްޓަމްސްގެ މިނިސްޓަރު އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއަށް ފޮނުއްވިއެވެ.

އަދި މި ތަހުނިޔާ ކަސްޓަމްސްގެ ހީވާގި މުވައްޒަފުންނަށާއި މުވައްޒަފުންގެ އާއިލާ ތަކަށާއި ކަސްޓަމްސްއިން ހިދުމަތް ހޯދާ ފަރާތްތައްވެސް ޝާމިލް ކުރެއްވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ދުއާވެސް ކުރުން އޮތެވެ.

މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސް އޮފިސަރުންގެ ތެރެއިން މަގާމުގެ ކުރިއެރުން ނުލިބި ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް މަގާމުގެ ކުރިއެރުން ދިނުން އޮތެވެ.

މި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ދެއްވީ ކަސްޓަމްސްގެ މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

މަގާމުގެ ކުރިއެރުން ލިބުނު މުވައްޒަފުންނާ މުހާތަބު ކުރައްވާ މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަފުޅުގައި ކޮންމެ ކުރިއެރުމަކާއެކު ޒިންމާ ތަކެއް އިތުރުވެގެން ދާނެ ކަމާއި، ކަސްޓަމްސްގެ ވާޖިބު އަދާކުރުމުގައި އިހްލާސްތެރި ކަމާއި ނަޒާހަތްތެރި ކަމާއެކު ދެމިތިބުމަށް ނަސޭހަތް ދެއްވިއެވެ.

comment ކޮމެންޓް