އައިސް ޓީވީގައި ވަޒީފާގެ ފުރުސަތު

އައިސްޓީވީ އިން އަދި އައިސް ސްޕޯޓްސް އިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކަކަށް ހުޅުވާލައިފިއެވެ.

އައިސްޓީވީން ބުނި ގޮތުގައި ވަޒީފާއަށް ހުޅުވާލާފައިވަނީ ޕްރޮޑިއުސަރުން, ސްޕޯޓްސް ޕްރޮޑިއުސަރުން, ޕްރެޒެންޓަރުން, ސްޕޯޓްސް ޕްރެޒެންޓަރުން އަދި އެކްޓަރުންނާއި ކޮމީޑިއަނުންނަށެވެ.

އައިސް ޓީވީ އިން ބުނީ މި ފުރުސަތަކީ ހުނަރު ތަރައްގީކޮށް ހުނަރުތައް ދައްކާލުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށެވެ.

އަދި މި ކަމަށް ޝައުގުވެރިވާނަމަ އައިސް ޓީވީގެ ފޭސްބުކް، ޓުވިޓާ، ނުވަތަ އިންސްޓަގްރާމް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އައިސް އިން ވަނީ ބުނެފައެވެ.

އައިސް ޓީވީއަކީ ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހާއްސަކޮށް 2014 ވަނަ އަހަރު އުފެއްދި ޓީވީ ޗެނަލެކެވެ. އެ ޗެނަލުން ފަހުން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރަށް ހާއްސަ 24/7 ޗެނަލް "އައިސް ސްޕޯޓްސް"ވެސް ފަށާފައެވެ.

މި ޗެނަލުން ދިވެހިރާއްޖޭގެ ތަފާތު ކުޅިވަރު މުބާރާތްތަކާއި ބައިނަލްއަޤުވާމީ އެކިއެކި ކުޅިވަރު މުބާރާތްތައް ވަގުތުން ދުރަށް ދައްކައިދެއެވެ. އެގޮތުން، އިންގްލިޝް ޕްރިމިޔަރ ލީގުގެ ވޭތުވެދިޔަ 4 ސީޒަނާއި ، ބުންޑެސްލީގާ 20/21 ކަަވަރުކޮށްދީފައިވެއެވެ.

‎އައިސް ސްޕޯޓްސްއާއި އައިސް ޓީވީ, ޓީވީގެ އިތުރުން ސްމާޓްފޯނުންނާއި ޓެބްލެޓު މެދުވެރިކޮށް މީޑީިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝާނުން ފެންނާނެއެވެ.

comment ކޮމެންޓް