ވެކްސިން ލިބުމުގެ ދަތިތަކާއެކު، ވެކްސިން ޓޫރިޒަމް ހަތަރުވަނަ ކުއާޓާއަށް

ވީއައިއޭ ގައި ފަތުރުވެރިން ތަކެއް----

ކޮވިޑް19ގެ ވެކްސިން ލިބުމަށް ކުރިމަތިވި ދަތިތަކާއެކު، ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވެކްސިން ޓޫރިޒަމް ޕްރޮގުރާމު ފެށޭނީ ހަތަރުވަނަ ކުއާޓަރުގައި ކަަމަށް އެ މިިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖެ އައިސް ވެކްސިން ޖެހުމުގެ ފުރުސަތު ލިބޭ، ވެކްސިން ޓޫރިޒަމް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފެށޭނެކަމަށް ޓޫރިޒަމް މިނިސްޓްރު އަބްދުﷲ މައުސޫމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ "ސަން" އަށް ވިދާޅުވީ ވެކްސިން ޓޫރިޒަމް ޕްރޮގުރާމު ފެށޭނީ ރާއްޖޭގެ އާބާދީގެ އެންމެން ދެވަނަ ޑޯޒު ފުރިހަމަކުރުމުން ކަމަށެވެ.

ވެކްސިން ޖެހޭ އުމުރުގެ މީހުންގެ ތެރެއިން މިހާތަނަށް ރާއްޖެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ އާބާދީގެ 50 އިންސައްތަ މީހުންނެވެ.

https://sun.mv/154321

ވެކްސިން ޓޫރިޒަމް ފަށާނީ ރާއްޖޭގެ ޕޮޕިއުލޭޝަން ކަވާ ކޮށްފަ. އޭރުގަ އެސްޓިމޭޓު ކުރެވިފަ އޮތީ އަހަރުގެ މިހާ ހިސާބަށް އަންނަން ވާއިރަށް ރާއްޖޭގެ އާބާދީ އެއްކޮށް ވެކްސިން ޖަހައި، ތިންވަނަ ކުއާޓާގައި ވެކްސިން ޓޫރިޒަމް ފެށޭނެ ކަމަށް. އެހެންނަމަވެސް ވެކްސިން ލިބުމުގެ ދަތިތަކާ އެއްކޮށް، ޑިލޭވެގެން ޕްރޮގުރާމު ލަސްވެގެން މި ދިޔައީ," އައްސަދު ވިދާޅުވިއެވެ.

އައްސަދު އިތުރަށް ވިދާޅުވީ ހަތަަރުވަނަ ކުއާޓާކައި ވެކްސިން ޓޫރިޒަމް ފެށޭނެކަމަށް މިހާރު ލަފާކޮށްފައި އޮތް ނަމަވެސް، އެ މުއްދަތު އަންނަ އިރު ރާއްޖޭގެ ޖުމްލަ އާބާދީ ވެކްސިން ފުރިހަމަ ނުކުރާ ނަމަ، ވެކްސިން ޓޫރިޒަމް ޕްރޮގުރާމު ފެށުން އިތުރަށް ލަސްވެގެން ހިނގައިދާނެ ކަމަށެވެ.

ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގެ ތެރެއިން "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އާ އެކު ފަތުރުވެރިންނަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ރާއްޖެއިން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ހަމަޖެހޭނެއެވެ.

ރާއްޖޭގެ ވެކްސިން ޓޫރިޒަމް ޕްރޮގްރާމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، ޓޫރިސްޓުންނަށް ވެކްސިން ދޭނީ ވިޔަފާރިއަކަށްވުރެ ބޮޑަށް "ޓޯކެން އޮފް އެޕްރެސިއޭޝަން"އެއްގެ ގޮތުގައި ކަމަށާއި އެ ޕްރޮގްރާމު ބޮޑަށް ހާއްސަކުރާނީވެސް ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު ދަތުރު ނުކުރެވި ތިބި އުމުރުން ދުވަސްވީ، ވަޒީފާއިން ރިޓަޔާ ވެގެން ތިބޭ ޕެންޝަނާސް އަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް