މީޑިއާނެޓު މަލްޓިސްކްރީނުން އީދު ޕްރޮމޯޝަނެއް

މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް މީޑިއާނެޓުގެ މަލްޓިސްކްރީނުން އީދު ޕްރޮމޯޝަނެއް ފަށާއިފިއެވެ. މަލްޓިސްކްރީނުގެ "އެމްއެސް ކޮމްބޯ" ޕެކޭޖަށް އަލަށް ސަބްސްކްރައިބްކުރާ ހުރިހާ ކަސްޓަމަރުންްނަށް މި ޕްރޮމޯޝަނުގެ ދަށުން އިތުރު އެއްމަސް ދުވަސް ހިލޭ ހިދުމަތް ލިބޭނެއެވެ.

އެމްއެސް ކޮންބޯއިން 35 އަށްވުރެ ގިނަ ޗެނަލާއި، ވީޑިއޯ އޮން ޑިމާންޑްގަ ހިމެނޭ ފިލްމް ތަކާ ސީރީސްތަށް ބަލައިލެވޭނެއެވެ. އަދި މީޑިއާ ނެޓް އޮރިޖިނިލަސް ކަމުގައިވާ "ރޫމީ އާ ޖަންނަތު", "ލަމްސް ކިޗަން" ފަދަ އެތައް އުފެއްދުމެއްވެސް ބަލައިލަން ލިބިގެންދާނެކަމަށް މީޑިއާ ނެޓުން ބުނެއެވެ.

މި ޕެކޭޖުގެ މަހު ފީ އަކީ އެންމެ 150 ރުފިޔާ އެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 އިން 31 ގެ ނިޔަލަށެވެ.

މީޑިއާނެޓުން ބުނީ ކަސްޓަމަރުންނަށް ފޯނާއި ޓެބްލެޓް އަދި ލެޕްޓޮޕް މެދުވެރިކޮށް މަލްޓިސްކްރީނުގެ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް ފިލްމުތަކާއި ސީރީޒްތައް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ބަލައިލެވޭނެ ކަމަށެވެ.

comment ކޮމެންޓް