ބަތަލާ ތާޕްސީ ފިލްމު ކުންފުންޏެއް އުފައްދައިފި

ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫ---

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭ ހިމެނޭ ތާޕްސީ ޕަންނޫ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައިފިއެވެ.

"އައުޓްސައިޑާސް ފިލްމްސް" ގެ ދަށުން ނަންދީފައިވާ މި ކުންފުނީގެ ދަށުން ތާޕްސީ މިހާރު އަންނަނީ ފިލްމެއްވެސް އުފައްދަން ތައްޔާރުވަމުންނެވެ. މި ފިލްމުވެގެންދާނީ ތާޕްސީ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށެވެ. އޭނާ ބުނީ މިއީ އޭނާގެ ފިލްމީކެރިއަރުގެ މުޅިން އާ ފެށުމެއް ކަމަށެވެ.

ތްރިލާ ޖޯންރާއަށް އުފައްދާ މި ފިލްމާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަނުކޮށްފައި ނުވިނަމަވެސް ފިލްމުގެ ނަން ވަނީ ހާމަކޮށްފައެވެ. "ބްލާ"ގެ ނަމުން ނަންދީފައިވާ ފިލްމުގެ ފަސްޓްލުކް އާންމުކޮށްފައިވާއިރު މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކުގައި އަޅުވަން ތާވަލްކޮށްފައިވާ ފިލްމެކެވެ. ތާޕްސީ ލީޑު ރޯލު ކުޅޭ މި ފިިލްމުގެ ޑައިރެކްޓަރަކީ އަޖޭ ބާލްއެވެ.

ކާމިޔާބު ބަތަލާ ތާޕްސީ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގައި ސްޓްރީމްކުރި "ހަސީން ދިލްރުބާ" އިންނެވެ. ގިނަ ފިލްމުތަކުން ފެނިފައިވާ ތާޕްސީ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އުންމީދީ ބަތަލާ އެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިންކް"، "ބަދްލާ"، "ތައްޕަޅު" އަދި "ޖުޅްވާ 2" ހިމެނެއެވެ.

comment ކޮމެންޓް