ކައުންސިލަރު ނަހުލާގެ އެންގެވުމަށް ކައުންސިލަރުންތަކަކަށް ބިރުދެއްކި މައްސަލައެއް

ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ. -- ފޮޓޯ/ފޭސްބުކް

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާ މެމްބަރު ނަހުލާ އަލީގެ އެންގެވުމަށް އެ ކައުންސިލުގެ އެހެން ކައުންސިލަރުންތަކަކަށް ބިރުދެއްކި މައްސަލައެއް ބަލައި, ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް އެންގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ނަހުލާ އަންގަވައިގެން އެހެން ކައުންސިލަރަކަށް ބިރުދެއްކިކަމަށް ތުހުމަތުކޮށް އެ މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް މުހައްމަދު ފާތިހުއެވެ.

އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވަން މިދިޔަ ހަފްތާގެ ބުދަ ހުށަހެޅުއްވީ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅާފައިވަނީ ކައުންސިލަރު ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމާއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

ހުށަހެޅުމުގައި ވަނީ ވިލިމާލެ ދާއިރާއަށް ކައުންސިލަރުންގެ ރަސްމީ ހައިސިއްޔަތުން މަގާމާ މަސްއޫލިއްޔަތުގެ ގޮތުން ދާއިރާގެ ތެރެއިން ހަވާލުވާ ކަންކަން ކުރުމަށް ދިޔުމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވިކަމަށް ބުނެ ކައުންސިލަރުންތަކަކަށް ވިލިމާލެއިން ބަޔަކު ބިރުދައްކައި, މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އެލްޖީއޭއަށް ފޮނުވުމަށެވެ.

އެކަމަށްޓަކައި މާލެ ސިޓީ ކައުންސިލް މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ބައިވެރިވި 17 މެންބަރުންގެ ތެރެއިން 16 މެންބަރަކު ވަނީ ހުށަހެޅުމަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ. ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ.

މި މައްސަލައާ ގުޅިގެން ކައުންސިލަރު ނަހުލާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް