އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ގދ. ތިނަދޫގައި ހުޅުވި ޕެޓްރޯލް ޝެޑުން ހިދުމަތް ދެނީ -- ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސެލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ ޕެޓްރޯލް އާއި ޑީސެލްގެ އަގަށް ބަދަލު ގެންނަނަށް ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް ކަމަށެެވެ.

އެގޮތުން މިއަދުން ފެށިގެން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑުތަކުން ވިއްކާ ޕެޓްރޯލް އާއި ޑީސެލްގެ އަގު ބޮޑު ކުރުމަށް ވަނީ ނިންމާފައެެވެ.

ތެލުގެ އަގަށް ގެނައި ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ލިބޭނީ 10.95 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 10.72 ރުފިޔާއަށް އަަށް ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެެވެ.

އެސްޓީއޯ އިން މިދިޔަ މަހުގެ ފަހުކޮޅުވެސް ވަނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އޭރު ޑީސަލް ލީޓަރެއްގެ އަގު ބޮޑުކުރީ 9.97 ރުފިޔާ އިން 10.72 ރުފިޔާއަށެވެ. އަދި 8.85 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 9.74 ރުފިޔާއަށް ބޮޑުކޮށްފައެވެ.

comment ކޮމެންޓް