ކްރިތީގެ "މިމީ"ގެ ޓްރެއިލާ އާންމުކޮށްފި

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މިމީ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ. މި މަހު 30 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ އަށް އަންނަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ލަކްޝަން އުޓޭކަރް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިޖަން އެވެ. މި ފިލްމުގައި އެކްޓަރު ޕަންކަޖް ތްރިޕާތީ ވެސް ހަރަކާތްތެރިވާނެއެވެ. މި ފިލްމުގައި ބަތަލާ ކްރިތީ ކުޅޭނީ ރަހިމު "ކުއްޔަށް ދީގެން" ދަރިން ހޯދައިދޭ ސަރޮގޭޓް މަންމަ އެއް ރޯލެެވެ.

comment ކޮމެންޓް