މިއަދު އިތުރު 73 މީހުން ޕޮޒިޓިވް، މާލެއިން 14

އޭޕްރީލް 19، 2021: ހަވީރު ގަޑީގައި ބޮޑުތަކުރުފާނުމަގު ބާރުބޮޑުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 73 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 14 މީހުންނާއި އަތޮޅުތަކުން 46 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ނުވަ މީހުންގެ އިތުރުން ސަފާރީތަކުން ތިން މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން އެކަކު ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،405 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،501 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 16 މީހުންނަށެވެ.

މިއަދު ބަލިން ރަނގަޅުވީ 109 މީހުންނެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 72،678 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 319،712 މީހުން ވަނީ ޖަހާފައެވެ. އަދި ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 246،841 މީހުންނެވެ.

comment ކޮމެންޓް