ބޮޑު އީދުގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން ނިންމައިފި

ޖުލައި 10، 2020: އިސްލާމީ މަރުކަޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި މިއަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކޮވިޑް-19އާ ހެދި މިއަހަރުވެސް މާލެ ސަރަހައްދާއި މޮނިޓަރިން ހާލަތުގައި އޮތް ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެކަމަށެވެ.

"އެހެންނަމަވެސް އެ ހާލަތު ނެތް ރަށްރަށުގައި އެ ފުރުސަތު އޮންނާނެ، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރިޔަސް މިސްކިތްތަކުގައި ގައިދިރުކަމާއެކު މިހާރުވެސް ނަމާދު ކުރާގޮތަށް ޖަމާއަތުގައި ނަމާދުކުރެވޭނެކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެއެވެ. އަދި މިއަހަރުގެ ކުޑަ އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެއެވެ.

ކޮވިޑުގެ ކުރިން މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ހުޅުމާލޭގެ ސެންޓްރަލް ޕާކް ފަދަ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެއެވެ.

comment ކޮމެންޓް