"ބޭޅިޔާ"ގެ ޝޫޓިން ނިންމާލައިފި

ބޭޅިޔާގެ ޝޫޓިން ފަށައިފި---

ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ވަރުން ދަވަން އާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބޭޅިޔާ"ގެ ޝޫޓިން ނިންމާލައިފިއެވެ.

މި ފިލްމުގެ ޝޫޓިން ކާމިޔާބުކަމާ އެކީ ނިންމާލިއިރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. ސިނަމާތަކުގައި މި ފިލްމު ރިލީޒްކުރާއިރު ބޭޅިޔާއަކީ ވަރުން އާ ކްރިތީ އެކުގައި ސްކްރީނުން ފެނިގެންދާ ދެވަނަ ފިލްމެވެ.

ކްރިތީއާއި ވަރުން ވަނީ މީގެ ކުރިން "ދިލްވާލޭ"ގައި މަސައްކަތްކޮށްފަ އެވެ. ބޭޅިޔާ އަކީ ވަރުން ދެ ރޯލަކުން ފެންނަ ފިލްމެކެވެ. އެއީ ވެއާވުލްފެއްގެ ރޯލާ އިންސާނެއްގެ ރޯލެވެ.

ބޭޅިޔާއަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރު ކޯޝިކް ޑައިރެކްޓްކުރާ ބިރުވެރި ކޮމެޑީއެކެވެ. އަރްނަޗަލް ޕްރަދޭޝްގައި މި ފިލްމުގެ މަންޒަުތައް ނަގަން ފަށާފައިވާ އިރު މި ފިލްމަކީ ކައިވެންޏަށް ފަހު ވަރުން ކުޅޭ ފުރަތަމަ ފިލްމެކެވެ.

comment ކޮމެންޓް