ޖުލައި 28، 29 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފި

ފެބްރުއަރީ 15، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް ހަމަޖައްސަވާފައި ވަނީ އަޟްޙާ އީދާއި މިނިވަން ދުވަހާ ގުޅިގެން ޗުއްޓީ އަށާއި އަދި އެނޫން އެހެން ބޭނުން ތަކަށް ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަކީ އެ ނިންމުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިގޮތަށް ހަމަޖެއްސުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، އަންނަ މަހުގެ އެކެއްވާ އާދީއްތަ ދުވަހު ކަމުގައި ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް