ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ސަފާރީއަކުން ފުލުހުން ކުރިން އަތުލައިގެން ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތައް: ފޮޓޯ/ ޕޮލިސް މީޑިއާ

ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެއަށް ބިޔަރު އެތެރެކޮށް ބަނގުރަލުގެ ވިޔަފާރިކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓަލިޖަންސް ލިބުމާއެކު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި އޮޕަރޭޝަންގައި މާލޭގެ ގެއަކާއި ގަރާޖެއް ބަލާ ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މި އޮޕަރޭޝަނުގައި 732 ބިޔަރު ދަޅު ހޯދައިފައިވާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް