އޮޑިޓާ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސައިން ނިޔާޒީ އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، އޮޑިޓާ ޖެނެރަލް ކަމުގެ ‌‏މަގާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ އައްޔަން ކުރައްވައި، ‌‏އެމަނިކުފާނަށް މަގާމުގެ ‌‏ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސް އޮފީހުގައެވެ. ‏ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ‌‌‏ ހުސައިން ނިޔާޒީ ވަނީ ކުރައްވާފައެވެ. އަދި ‌‌‏ހުވާގެ އިގްރާރުގައި ނިޔާޒީ ވަނީ ސޮއި ކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސައިން ނިޔާޒީ އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން އޭނާ ވަނީ އިންޑިއާގެ ބެންގަލޯ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ.

ހަމައެއާއެކު ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އޭނާ ވަނީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމާއި، އޮޑިޓް މެނޭޖަރކަމުގެ މަގާމު ފުރުއްވާފައެވެ. އަދި އެސިސްޓަންޓް އޮޑިޓަރ ކަމުގެމަގާމުވެސް މީގެ ކުރިން އޭނާވަނީ ފުރުއްވާފައެވެ.

comment ކޮމެންޓް