އުރީދޫ ހަލުވި އިންޓަނެޓް މަހިބަދުއަށް

ވަން ޖީބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. މަހިބަދުއަށް މިއަދު ތައާރަފްކޮށްފިއެވެ.

ސުޕަނެޓްގެ ޚިދުމަތް އދ. މަހިބަދުއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ސުޕަރނެޓް 50އެމް އަދި 100އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހައި ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކާ އުރީދޫގެ ޕެކޭޖްތަކާއި ޙިދުމަތްތައް އަޕްގްރޭޑް ކުރުމަށް އަބަދުވެސް މަސައްކަތް ކުރެވޭ ކަމަށެވެ.

އަދި ދާދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަރނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ކަމަށާއި 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވާ ގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް ދެ ގުނައަށްވަނީ އިތުރުކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އދ. މަހިބަދުއަށް މިއަދު މި ޚިދުމަތް ތައާރަފް ކުރުމަކީ މަހިބަދޫގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރެވި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އެގޮތުން މަހިބަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރިދުއިން ބުންޏެވެ.

މި ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕާނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކް އިން ލިބޭނެ އެވެ.

comment ކޮމެންޓް