ގަން އެއާޕޯޓު ވެގެންދާނީ ރީޖަނަލް ހަބަކަށް: އިންޑިއާ ހައިކޮމިޝަން

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސައުތު އެފްރިކަން އެއާވޭސްގެ ފްލައިޓެއް -- ފޮޓޯ/ ގަން އިންޓަނޭޝަނަލް އެއާޕޯޓު

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ތަރައްގީ ކުރާ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ ސަރަހައްދީ ހަބަކަށް ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މަޝްރޫއަށް ހަރަދުކުރާނީ އިންޑިއާއިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތަށް ގުނައަކުން ރަނގަޅުވެގެންދާނެ ކަމަށެެވެ. އަދި ތަގައްގީގެ މާޝްރޫއު ނިމުމުން އެ އެއާޕޯޓު ވެގެން ދާނީ ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ކަމަށެވެ.

https://sun.mv/150847

"ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތަށް ގުނައަކުން ރަނގަޅުވެ، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެންދާނެ." އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ގަން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑު ކުރުމުގެ ދަށުން، ވަކިން ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި، އެކްސެސް ރޯޑްސް ހެދުމުގެ އިތުރުން ސަޕޯޓު އިންފްރާސްޓްރަކްޗާ ހެދުން ހިމެނެއެވެ.

އޭގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް ތަރައްގީވެގެންދާނެ ކަަމަށް އިންޑިއާއިން ބުނެއެވެ. އަދި ރާއްޖޭގެ ދެކުނަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށާއި ސީޕްލޭން އޮޕަރޭޝަން ވެސް ފުޅާވެގެން ދާނެ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ގަން އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާއިރު އުތުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަނީ އެ ބޭންކުގެ ލޯނު އެހީގަ އެވެ.

comment ކޮމެންޓް