މާުރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ލޯކަލް މާރުކޭޓް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރަން ހުޅުވާލާފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނީ ގޮޅީތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ދަތުރުވެރިންގެ މާރުކޭޓުންނާއި ލޯކަލް މާރުކޭޓުންކަމަށެވެ. އެގޮތުން މި ދެ ތެނުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ހަމަ ޖެހިފައިވާކަމަށް އެކައުންސިލުން ބުނެއެވެ.

މީގެ ތެރެއިން ލޯކަލް މާރުކޭޓުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 186 ގޮޅިއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 163 ގޮޅިއެވެ.

ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ހާއްސަ 100 ގޮޅިއާއި ވަޅޯމަސް ވިއްކުމަށް ހާއްސަ 32 ގޮޅިއެވެ. އަދި ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ހާއްސަ 35 ގޮޅި ހިމެނޭއިރު "ގަޑިކަމަރު" ވިއްކުމަށް ހާއްސަ 19 ގޮޅިއެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކަށް 2,000 ރުފިޔާގެ ރޭޓުންނެވެ. އަދި ކުއްޔަށް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުންވަނީ ބުނެފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށެވެ. އަދި ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތަކުގެ މެދުގައި ގުރުލައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މާރުކޭޓު ގޮޅިތަށް އަލުން ކުއްޔަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާއިރު މިހާރު ހުރި ގޮޅިތައް ދޫކުރި މުއްދަތު ވަނީ ހަމަވެފައެވެ.

މާރުކޭޓު ގޮޅިތަކަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

comment ކޮމެންޓް