އަރިދަފުސް ރޯގާ ޖެހިގެން 17،000 އަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފި

މެއި 26، 2020: ބޭނުންކޮށްފައިވާ ފޭސް މާސްކްއެށް މަގުމައްޗައް އެއްލާލައިފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިދުވަސްވަރު ފެތުރޭ ރޯގާތަކުގެ ތެރެއިން އަރިދަފުސް ރޯގާ ޖެހިގެން ފާއިތުވި މޭ އަދި ޖޫން މަހު 17,384 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދުވަސްވަރު ރާއްޖޭގައި އާންމުކޮށް ފެތުރޭ ރޯގާގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. އެގޮތުން މި ރޯގާ ޖެހިގެން 17،384 މީހެއް ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔަ އަހަރު އަރިދަފުސް ރޯގާ ޖެހިގެން 20,000 އަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ އަހަރާ މި އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު މިހާތަނަަށް ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓުކޮށްފައިވާ މިންވަރު ދަށް ކަމަށް އެޗުޕީއޭ ބުނެފިއެވެ.

އެޗުޕީއޭއިން ބުނީ ވޭތުވެދިޔަ އަހަރު ރޯގާގެ ގޮތުގައި ފެތުރޭ ޑެންގޫ ހުމާއި، އަރިދަފުސް ރޯގާއާއި، ބޭރަށް ހިނގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުތައް ދަށްކަމަށެވެ.

އެގޮތުން މިއަހަރުގެ މޭ އަދި ޖޫން މަހު ޑެންގޫ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުމްލަ 19 މީހުން ކަމަށް އެޗުޕީއޭއިން ބުނެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްވަރު ސަތޭކައަށްވުރެ ގިނަ މީހުންނަށްވަނީ ޑެންގޫ ޖެހިގެންވެސް ރިޕޯޓުކޮށްފައެވެ. ހަމައެއާއެކު ބޭރަށް ހިންގުން ޖެހިގެން މިއަހަރުގެ މޭ އަދި ޖޫން މަހު 2،333 މީހަކު ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު 4,000 އަށްވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވެއެވެ.

އެޗުޕީއޭއިން ބުނީ މި ދުވަސްވަރަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް އާންމު ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިިންމުކަމަށާއި އަދި ބަލި ކޮންޓްރޯލުކުރަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

comment ކޮމެންޓް