24 ގަޑިއިރު ތެރޭ ރަޝިއާގައި ކޮވިޑުގެ 752 މަރު، އާ ރެކޯޑެއް!

އިއްޔެ ރަޝިޔާގައި ކޮވިޑް19 ބަލީގައި 752 މީހުން މަރުވެފައި -- ފޮޓޯ: އަންދަލޫ އޭޖެންސީ

އިއްޔެ ރަޝިޔާގައި ކޮވިޑް19 ބަލީގައި 752 މީހުން މަރުވެ 24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން މަރުވި ދުވަހުގެ ގޮތުގައި ރެކޯޑުކުރެވިއްޖެއެވެ.

ރަޝިއާގައި މިހާރު ކޮވިޑުގެ ތިންވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު މިއީ ވިިދިވިދިގެން އެންމެ ގިނަ މީހުން މަރުވި ދުވަހުގެ ގޮތުގައި ރެކޯޑް ކުރެވުނު 12 ވަނަ ދުވަހެވެ.

ރަޝިއާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓާއެކު އެ ގައުމަށްވެސް އަންނަނީ މި ބައްޔާ ހަނގުރާމަކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ. ހަމައެއާއެކު އެ ގައުމުގައި ވެކްސިން ޖެހުމުގެ ކަންކަންކުރުމަށް ބުރޫއަރާ އެންމެ އެކަށީގެންވާ ގޮތެއްގައި ވެކްސިން ކެމްޕެއިން ކުރިޔަށް ނުދާކަމުގެ ފާޑުކިޔުންވެސް އަންނަނީ އަމާޒުވަމުންނެވެ.

އެ ގައުމުގައި ކޮވިޑް19 ފެތުރި ބަލި ޖެހުނު މީހުންގެ އަދަދު ހޮނިހިރު ދުވަހުވަނީ ވަނީ 5.75 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި ކޮވިޑުގެ ހާލަތު ފަސް ވަނަޔަށް އެންމެ ގޯސް ގައުމުގެ ގޮތުގައިވެސް ރެކޯޑުކުރެވިފައެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވެކްސިން ޖަހައިދިނުން ހިލޭ ކުރިޔަށް ގެންދަންވަނީ ފަށާފައެވެ. ނަމަވެސް އެ ސިޓީއިން އަދިވެސް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދުތައް ހުރީ ވަރަށް ދަށްކޮށެވެ. އެ ސިޓީގައި 12 މިލިއަނަށްވުރެ ގިނަ މީހުން އުޅޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ އެންމެ 1.8 މިލިއަން މީހުންނެވެ.

ރަޝިއާގެ ސިއްހީ އިދާރާތަކަށް ވެކްސިން ދިނުމުގައި ބޮޑެތި ދަތިތަކާ މިވަނީ ކުރިމަތި ލާން ޖެހިފައެވެ. އެގޮތުން އެގައުމުގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން އެ ގައުމުގެ އާބާދީގެ 59 ޕަސެންޓު މީހުން އަދިވެސް ވެކްސިން ޖެހުމުގެ މާ ބޮޑު ވިސްނުމެއް ނުގެންގުޅެއެވެ.

comment ކޮމެންޓް