މީޑިއާނެޓުގެ މަލްޓިސްކްރީނާއި އެމްއެސްޓީވީއިން 'ބޮލީވުޑް ސަންޑޭސް' ތައާރަފްކުރަނީ

މީޑިއާނެޓުން 'ބޮލީވުޑް ސަންޑޭސް' ގެ ނަމުގައި މަލްޓިސްކްރީން އަދި އެމްއެސްޓީވީއިން އާ ސެގްމެންޓެއް ތައާރަފްކޮށްފިއެވެ.

މީޑިއާނެޓުން ބުނިގޮތުގައި މި ސެގްމެންޓްގެ ދަށުން މަލްޓިސްކްރީން އަދި އެމްއެސްޓީވީއިން މި ޖުލައި މަހާއި ކުރިޔަށް އޮތް އޯގަސްޓް މަސްތެރޭ ކޮންމެ އާދީއްތަ ދުވަހަކުވެސް އާ ބޮލީވުޑްގެ ފިލްމެއް ދައްކާނެއެވެ.

ބޮލީވުޑް ސަންޑޭސް ސެގްމެންޓް ފަށަނީ މިއަދުއެވެ. އެގޮތުން މިއަދު ދައްކަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރު ރިލީޒްކުރި 'ހެކްޑް' އެވެ. މި ފިލްމަކީ ހީނާ ހާން، ރޯހަން ޝާހް، މޯހިތް މަލްހޯތުރާ އަދި ސިޑް މަކާރް ފަދަ ހުނަރުވެރި މަޝްހޫރު ތަރިން ހަރަކަތްތެރިވާ ފިލްމެކެވެ.

ހެކްޑް ގައި ހަރަކާތްތެރިވާ މައިގަނޑު ކެރެކްޓާޒް އަކީ ސަމީރާ ނަަމަކަށް ކިޔާ އަންހެން ކުއްޖަކާއި އޭނާގެ އަވަށްޓެރިޔާ އަދި އޭނާ ދެކެ ސިއްރުން ލޯބިވާ ވިވެކް ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.

އެ ފިލްމުގެ ޕްލޮޓް ބިނާވެފައިވަނީ ސަމީރާގެ ލޯބިވެރިޔާ ސަމީރާގެ އުފަންދުވަހު އޭނާއަށް ހިތާމައާއި ކުރިމަތިކުރުވުމުން އެކަމުން ސަލާމަތްވެ ހިތްހަމަޖެހުން ހޯދަން ސަމީރާ ވިވެކް ކައިރިއަށް ދާ ހިސާބުން ދެން ކުރިމަތިވާ ކަންކަމުގެ މައްޗަށެވެ.

ވިވެކް އެތަނުން އޭނާ ސަމީރާ ދެކެވާ ލޯބި ފާޅުކުރުމުން ސަމީރާ އެ ލޯބި ގަބޫލުކުރަން ދެކޮޅު ހަދައެވެ. އެ ހިސާބުން އެކަމަށްޓަކައި ބަދަލުހިފުމުގެ ގޮތުން ވިވެކް ސަމީރާގެ ހުރިހާ އެއްޗެއް އިންޓަނެޓް މެދުވެރިކޮށް ހެކްކޮށް ސަމީރާގެ ދިރިއުޅުމަށް އުނދަގޫކުރަން ފަށެއެވެ.

މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނަކީ ލައިވްކޮށް އެކި ޓީވީ ޗެނެލްތައް ބަލާލެވޭ އަދި ވިޑިއޯ އޮން ޑިމާންޑް ފީޗާއަކާއި އެއްކޮށް ލައިވް ޓީވީ އަދި އެކި ސީރީޒް ބަލާލެވޭ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ޗެނެލްތައް އަމިއްލަ ފޯނަށް، ލެޕްޓޮޕް، ކޮމްޕިއުޓަރަށް ނުވަތަ ޓެބްލެޓަށް ސްޓްރީމްކޮށްގެން ބަލާލެވޭނެއެވެ.

އެޕްލިކޭޝަނުން މީޑިއާނެޓުގެ އޮރިޖިނަލް ކޮންޓެންޓްވެސް ބަލާލެވޭއިރު، މީޑިއާނެޓުގެ ޗެނެލްތައް މަލްޓިސްކްރީންގައި ބަލައިލުމަށް ބޭސިކް، ފެމިލީ އަދި ވޯންޓް އިޓް އޯލް ޕެކޭޖުތަކުގެ ދަށުން އެއްވެސް ހަރަދެއް ނުކޮށް ބަލާލެވޭނެއެވެ.

މި ޕެކޭޖުތަކުގެ ދަށުން ކަސްޓަމަރުންނަށް ވީޑިއޯ އޮން ޑިމާންޑް ފީޗާ ފަދަ ފީޗާޒްތަކަށް ސަބްސްކްރައިބް ކުރެވޭއިރު ކޮންމެ ކަސްޓަމަރަކަށްވެސް އެމްއެސް ކޮމްބޯ ޕެކޭޖެއް ނެގުމުގެ އިހްތިޔާ އޮވެއެވެ.

މާލެއާއި ހުޅުމާލޭގައި ދިރިއުޅުއްވާ ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީއެއް ހުރި ކޮންމެ ކަސްޓަމަރަކަށްވެސް އެމްއެސް ޓީވީގެ ހުރިހާ ޗެނެލެއް ޑީކޯޑަރަކާ ނުލައި ބަލާލެވޭއިރު ކޭބަލް ހިދުމަތުން އެމްއެސް ޓީވީއަށް ބަދަލުކުރަން އެދޭ ފަރާތްތަކަށްވެސް އިތުރު އެއްވެސް ހަރަދަކާ ނުލާ މިހާރު ބަދަލުކުރެވޭނެ އެވެ. މިގޮތަށް އެދިލައްވާ ކަސްޓަމަރުންނަށް މީޑިއާނެޓުގެ ޓެކްނީޝަނުން ޒިޔާރަތްކޮށް ފައިބާ ނެޓްވޯކާއި ގުޅުވައިދިނުމުގެ މަސައްކަތް ކޮށްދޭނެއެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑުކުރައްވައިގެން ހެކްޑް ބަލާލެވޭނެ އެވެ. ނޫނީ https://cuda.medianet.mv އަށް ޒިޔާރަތްކޮށްލައްވައިގެންވެސް ޑައުންލޯޑުކޮށްލެވޭނެ އެވެ. އެމްއެސްޓީވީއަށް ރެޖިސްޓާކޮށްލުމަށް https://mstv.medianet.mv ޒިޔާރަތްކޮށްލައިގެން ރެޖިސްޓާ ކުރެވޭނެއެވެ.

މަލްޓިސްކްރީން ނުވަތަ އެމްއެސްޓީވީއަށް ސަބްސްކްރައިބް ކުރުމަށް https://my.medianet.mv އަށް ޒިޔާރަތްކުރައްވާށެވެ. މީޑިޔާނެޓުގެ ފްރަންޓް އޮފިސް މެދުވެރިކޮށް އަދި އޮފިޝަލް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްވެސް ސަބްސްކްރައިބް ކުރެވޭނެއެވެ.

comment ކޮމެންޓް