ކްރިތީގެ "މިމީ" މި އަހަރު

ފިލްމުގެ ޕޯސްޓަރެއް---

މަސައްކަތް ނިމިފައި އޮންނަތާ ދުވަސްތަކެއްވީ ފިލްމު "މިމީ" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ. ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރަމުން ކްރިތީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހު 30 ގައި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރާނެ ކަމަށެވެ. އަދި ފިލްމުގެ ޓްރެއިލާ ތިން ދުވަސްތެރޭ އާންމުންނާ ހަމައަށް ފެނިގެންދާނެ ކަމަށެވެ.

ލަކްޝަން އުޓޭކަރް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިނޭޝް ވިޖަން އެވެ. މި ފިލްމުގައި އެކްޓަރު ޕަންކަޖް ތްރިޕާތީ ވެސް ހަރަކާތްތެރިވާނެއެވެ. މި ފިލްމުގައި ބަތަލާ ކްރިތީ ކުޅޭނީ ރަހިމު "ކުއްޔަށް ދީގެން" ދަރިން ހޯދައިދޭ ސަރޮގޭޓް މަންމަ އެއް ރޯލެެވެ.

comment ކޮމެންޓް