ރަައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް، މިނިސްޓަރު މާރިޔާއާ ބައްދަލު ކުރައްވައިފި

ރަައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް، މިނިސްޓަރު މާރިޔާއާ ބައްދަލު ކުރެއްވުމުގެ ތެރެއިން--- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކުރިއަގެންދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އައްބާސް ފާއިޒް މިނިސްޓަރު މާރިޔާއާ ބައްދަލު ކުރައްވާފައި މިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، މިނިސްޓަރު މާރިޔާ އަދާކުރައްވަން ޖެހޭ ޒިންމާ އަދާކޮށްފައި ނެތް ކަމަށް މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓުގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/154075

ރައީސްގެ ހާއްސަ މަންދޫބު މިނިސްޓަރު މާރިޔާ އާ މިއަދު ބައްދަލުކުރައްވާފައި ވާކަން ހާމަކުރެއްވި ނަމަވެސް ބައްދަލުވުމުގެ އެއްވެސް ތަފްސީލެެއް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓު މިދިޔަ ހުކުރު ދުވަހުގެ ރޭ އާންމުކޮށްފައި ވާއިރު، ހަމަލާދޭން އުޅޭކަން މިނިސްޓަރު މާރިޔާއަށް އެނގިހުރެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މަޖިލީހުގެ މެންބަރަކު ހަމަލާގެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް އެރުވުމުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ އެއީ ހަަމައެކަނި ފޯނު ކޯލަކަށް ވާތީ ކަމަށް މިނިސްޓަރު މާރިޔާ ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.

https://sun.mv/154100

މިނިސްޓަރު މާރިޔާ އެކަމަނާގެ ޒިންމާ އަދާކޮށްފައި ނުވާކަމަށް ބުނެ، ރައީސް ނަޝީދުގެ އާއިލާއިން ވަނީ އެކަމަނާގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

comment ކޮމެންޓް