ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރާ 211 ޖާގައަށް ކުރިމަތިލާން ހުޅުވާލައިފި

މާލެ ސިޓީގެ ޕާކިން ޒޯނެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަ 211 ޖާގައަށް ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުް ކުރި އިއުލާނެއްގައި ބުނި ގޮތުގައި, ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 350 ކިލޯގެ ޕިކަޕާއި, ވޭނާއި ކާރަށެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މާލޭގެ 10 ސަރަހައްދުން ޖުމްލަ 211 ޖާގައަށެވެ.

އެގޮތުން ހަތަރުފުރޮޅީ އުޅަނދުތަކުގެ ތެރެއިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 350 ކިލޯގެ ޕިކަޕާއި، ކާރު އަދި ވޭނަށެވެ.

އަގު ދީގެން ޕާކުކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ.

އެއީ:

  • މައްޗަންގޯޅި ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) - 44 ޖާގަ
  • މައްޗަންގޯޅި ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) - 21 ޖާގަ
  • މައްޗަންގޯޅި ކުރެދިގޯޅި - 10 ޖާގަ
  • މައްޗަންގޯޅި ހުދުފަޅުހިނގުން - 8 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި) - 20 ޖާގަ
  • މާފަންނު ހިލާލީމަގު (އަމީނީމަގު އިރުމަތީ ފަޅި ނުވަތަ ސްޓޭޑިއަމް ފަޅި) - 10 ޖާގަ
  • ސަލާހުއްދީން ޕާކިން - 10 ޖާގަ
  • ހެންވޭރު އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) - 24 ޖާގަ
  • ހެންވޭރު އަލިމަސް ކާނިވާ ސަރަހައްދު - 6 ޖާގަ
  • ހެންވޭރު ސަލްމާން މިސްކިތު ސަރަހައްދު - 58 ޖާގަ

މި ޖާގަތަކުގެ ތެރެއިން ޗައިނާ އެމްބަސީ ކުރިމަތިން އާޓިފިޝަލް ބީޗުގެ ޕާކިންގްގެ 24 ޖާގަ ހާއްސަކޮށްފައިވަނީ ހަމައެކަނި ޕްރައިވެޓް ކާރުތަކަށެވެ.

ސިޓީ ކައުންސިލުން ބުނީ ޒޯނުތަކުގެ ޖާގައަށް އެދޭ ފަރާތްތަކުން ޖުލައި 18 ގެ މެންދުރު 2:00 ގެ ކުރިން ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ސިޓީ ހުށަހަޅާން ޖެހޭނެ ކަމަށާއި ސިޓީއާއެކު އައިޑީކާޑުގެ ކޮޕީއާއި ވެހިކަލްގެ ރެޖިސްޓްރީ ކޮޕީ ހުށަހަޅާން ޖެހޭނެ ކަމަށެވެ.

ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރު ނަގައިގެން ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުގެ އާ ކައުންސިލަރުން ހުވާކުރުމަށްފަހު އެންމެ ފުރަތަމަ ނިންމި ނިންމުންތަކުގެ ތެރޭގައި މާލޭގައި އަގު ދައްކައިގެން ކާރުތަކަށް ދޫކުރާ ޕާކިންގް ސްލޮޓުތަކުގެ ޕާކިންގް ފީ 3,000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރުން ހިމެނެއެވެ.

https://sun.mv/152415

comment ކޮމެންޓް