ރައީސް ނަޝީދަށް ފަރުވާދެއްވި އޭޑީކޭ ޑޮކްޓަރުންގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރޭ ކުރިއަށްދަނީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މާލޭގައި ދިން ޓެރެރިސްރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

މޭ 6 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާ އާ ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ހިނގާފައިވާ ޕާލިމެންޓްރީ އިންކުއަރީގެ މަސައްކަތް ނިމުނު ގޮތުގެ ރިޕޯޓު ރޭ ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި, މެމްބަރުން އެ ރިޕޯޓަށް ބަހުސްކޮށްފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލްގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ހާއްސަ ޓީމާ މެޑިކަލް އޮފިސަރުން ދެއްކެވި ހިތްވަރާ އިހުލާސްތެރިކަމާ އެބޭފުޅުންގެ ގާބިލިއްޔަތާ ވާޖިބާ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އެ ދެއްކެވި ސާބިތުކަން ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިރު, އެ ރިޕޯޓާ ގުޅޭގޮތުން މެމްބަރުން ބަހުސް ކުރެއްވިއެވެ. އަދި އެއަށްފަހު ރިޕޯޓު ތަޅުމުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ތާއީދާ އެކުގައެވެ.

https://sun.mv/152014

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމުން ނޫސްވެރިންނާ ބައްދަލުކުރައްވައި, އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކާއި އެ ޒަހަމްތަކަށް ފަރުވާކުރެއްވި ގޮތް ވަނީ ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ހިތަށް ރޭޒާ ފުކެއް ނާރާ ސަލާމަތް ވެފައި ވަނީ ވަރަށް ހަނިގޮތަކަށް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން އިންތިޒާމުކޮށްގެން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އިނގިރޭިސވިލާތުގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭޑީކޭގެ ދިވެހި ޑޮޮކްޓަރުންނާއި ނަރުހުންގެ ހުނަރާއި އޯގާތެރިކަމާއި ކުޅާދާނަކަމުން "ހަމަ ފިތްކަނޑައިގެން ގޮސްފި" ކަމަށެވެ.

"ޖަރުމަނުގެ ޑޮކްޓަރުން އަޖައިބުވެފައި އެތިބީ, އަޅުގަނޑަށް އޭޑީކޭއިން ދީފައި ހުރި މޮޅު ފަރުވާގެ ސބަަބުން. ދިވެހިރާއްޖެއިން ދީފަ ހުރި ރަނގަޅު, ކުޅަދާނަ, މޮޅު ފަރުވާގެ ސަބަބުން. މާތްރަސްކަލާނގެ އިރާދަފުޅާއެކު އަޅުގަނޑު ދުނިޔޭގައި މި ހުރީ. އޭޑީކޭގެ ޑޮކްޓަރުން އެ ކުރި މަސައްކަތް ނުކުރިނަމަ އަޅުގަނޑަށް މިއަދު ތިބޭފުޅުންނާއެކު މި ވާހަކަ ދައްކަން މިތަނުގައި ނީންނާނެ އިނގޭތޯ," ރައީސް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/152029

ރައީސް ނަޝީދު އެ ޕްރޮގްރާމުގައި ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅުގެ ތަންތަން ފަހާފައި ހުރީވެސް ވަރަށް ރީތިކޮށް ކަމަަށާއި, ލަކުނު ހުރި ނަމަވެސް "ކިރިޔާވެސް ކަމަކާ ނުލައި ރަނގަޅުކުރެވެން އޮތް ކަމެއް ވިއްޔާ [ޑޮކްޓަރުން] އެއޮތީ ބޮޑުކޮށް ރަނގަޅުކޮށްފައި" ކަމަށެވެ.

"ވަކި ޑޮކްޓަރެއް ނޫން އިނގޭތޯ, އެންމެ އާދައިގެ ޑޮކްޓަރާއި އެންމެ ގާތުގައި ހުރި ނަރުހުންނާއި ހުރިހާ ބޭފުޅުން އެކުގައި. އަޅުގަނޑު ފިތްކަނޑައިގެން ދޭ އެބޭފުޅުންގެ ކުޅަދާނަކަމަށްޓަކައި,"

ރައްޔިތުންގެ މަޖިލީހުން އާއްމުކުރި މި އިންކުއަރީ ރިޕޯޓުގައި ޖުމްލަ 45 ރިކޮމިންޑޭޝަނެއް ހިމަނާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ދިރިއުޅޭ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

comment ކޮމެންޓް