107 ދުވަހަށްފަހު ނައިފަރު މޮނޮޓަރިން ހާލަތުން ނަގައިފި

ޅ. ނައިފަރުގެ އޭރިއަލް ފޮޓޯއެއް --- ފޭސްބުކް ފޮޓޯ: ޖޭއާރް ރާއޯ

ޅ. ނައިފަރުން ކޮވިޑް-19 ކޭހެއް ފެނުމާ ގުޅިގެން މޮނިޓަރިންއަށް ލާފައި އޮތް އޮތުން 107 ދުވަހަށްފަހު މިއަދު އުވާލައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމެއްގައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅި ކަންކަން ބެލުމުން ނައިފަރުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަތައް އުވާލާފައިވާ ކަމަށެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން" އަށް ވިދާޅުވީ ނައިފަރު މޮނިޓަރިންއަށް ލީ 23 މާރިޗުގައި އެރަށުން ނެގި ރެމްޑަމް ސާމްޕަލެއް ފޮޒިޓިވް ވުމާ ގުޅިގެން ރަށުތެރޭގައި ބަލި އިތުރަށް ފެތުރުނަ ނުދިމުގެ ގޮތުން ކަމަށެވެ.

ނައިފަރުން މިހާތަނަށް ޕޮޒިޓިވް ވެފައިވާ ޖުމުލަ އަދަދަކީ 921 މީހުންނެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް