މަރުވެފައި އޮތް ފަަތުރުވެރިއެއްގެ ހަށިގަނޑު ފެނިއްޖެ

ފޮޓޯ/ އެމްއެންޑީއެފް

ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު އައްޑޫ ސިޓީ އީކުއޭޓާ ވިލެޖުގެ އިރުއުތުރު ފަޅު ބޭރުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އޭނާގެ ހަށިގަނޑު ކަނޑުން ނަގައިގެން މިހާރު ސ. ފޭދުއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ އާ ބެހޭގޮތުން ފުލުހުން ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފޭދޫ ބަނދަރަށް ގެންނަ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ އަކީ އީކުއޭޓާ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 44 އަހަރުގެ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އާ ގުޅިގެން ބަލަޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް